Wb/dv/ޤުރުޢާންގެއިލްމް

< Wb‎ | dv
Wb > dv > ޤުރުޢާންގެއިލްމް

ކީރިތި ޤުރްްްއާނުގެ ތަފާތު ޢިލްމާއި އެމާތް ކީރިތި ޤުރްއާނުން ލިބިދޭ އެކި ފައިދާކުރުވަނިވި ވާހަކަތަކަށް އަލިއަޅުވާލުމުގެ މަގްސަދުގައި ލިޔަމެވެ. މިއީ އިބްރަތާއި ނަސޭހަތުން ފުރިގެންވާ އެތައްކަމެއް އެކުލެވޭ ގިނަވާހަކަތަކެވެ. އަދި އެފަދަ ވާހަކަތަައް ހިމެނެނީ އިސްލާމީ އުއްމަތެއް ދުޅަހެޔޮކޮށް އަރާއަރަފޯދިގެން ނުކުތުމަށް މަގުފަހިވާނޭ އެތައް ޢިބްރަތްތަކެއް ހިމެނިގެންނެވެ. އަޢުދުނިޔެއަކަށް ނުކުމެ އެދުނިޔޭގެ އެކިއެކި ފަލްސަފާތަކާ ކުރިމަތިލާއިރު، އެނުކުމެވެނީ ވަރަށްވެސް މުހިއްމު އެހާމެ އަގުހުރި ދަތުރަކަށެވެ.

ކީރިތި ޤުރްއާނަކީ މުޅި އިންސާނީ ނަސްލަށް ބާވާލެއްވި ފޮތެއްކަމަށް މުސްލިމުމް ޝައްކެއްނެތި ޤަބޫލް ކުރެއެވެ. އެހެންަކަމުން ﷲގެ ކަލާމްފުޅުގެ މުއްސަދިކަމާއި، އުފާވެރިކަމުގެ އެހީގައި އީމާންކަން މަތީ އުފަލާއި ހިތްހަމަޖެހުން ލިބި ދުނިޔޭގެ ހިތާމަތަކާއި މުޅީންދުރުވެ ހުރެ ފުރިހަމަ ދަތުރެއް ކުރެވެއެވެ. މަންޒިލަކީ އާޚިރުގެ ދަރުމައާއި ސަވާބެވެެ. ޤުރްއާނުގެ ޢިލްމުގެ އެންމެ ކުޑަަ އަސްލަކީ ތުއްތު އިރުއްސުރެން އަރަބި ބަހުގެ އަސްލުތައް ދަސްކޮށް އެބަހުގެ ފަރިތަކަމުގެ މަތީ ޤުރްއާން ކިޔަވަން ދަސްކުރުމެވެ. މިގޮތަށް ފުރަތަމަ ދަސްކުރާ ފިލާވަޅުތަށް އާންމުކޮށް ގިނަދުވަސް ތަކެއް ވާންދެން އެމީހެއްގެ ހަނދާނުގައި ހުރެެއެވެ.