Wb/dv/ކުޑަކުދިން

< Wb | dv
Wb > dv > ކުޑަކުދިން

Template:Wb/dv/Table


القرآن الكريم ގެ ވާހަކަތައް ކުޑަކުދިންނަށް.

. ޤާބިލާއި ހާބިލް، . މޫސާގެ ފާނާއި ޞާލިޙް އަޅާ،

ކުޑަކުދިންނަށް ޚާއްސަ

edit

ކުޑަކުދީންނަށް ޓަކައި ޤުރްއާންގެ މުޙިއްމު ކަން، މިކަމާއިމެދު ވިސްނާއިރު ބަލަންޖެހޭނީ ވީހާވެސް ބޮޑަށް އެކުދިންނަށް ޤުރްއާނުން ލިބިދޭ އަގުހުރި ފިލާވަޅުތައް ކިޔާދެވޭތޯއެވެ. މާތް ﷲ މިމަސައްކަތުގައި ބަަރަކާތް ލައްވާށި. قرآنގެ ތެރެއަށް ވަނުމަކީ މުޅިން އައު ދުނިޔެއަކަށް ވަނުމެވެ. އެއީ ވަރަށް މުހިއްމު ޚަޒާނާއެއް ހޯދާ ހާސިލްކުރުމެވެ. قرآنގެ މުހިއްމުކަން ކުދިންނަށް ދަސްކޮށްދިނުން އެއީ ކޮންމެ މުސްލިމަކަށްވެސް ކޮންމެހެން ލާޒިމް ވާޖިބެކެވެ. އެއީ އިޙްލާސް ތެރި ކަމާއި ފުރިހަމަ އީމާންތެރި ކަމާއެކު ފަރުވާބަހައްޓައިގެން އެކުދިންނަށް ޤުރްޢާން ދަސްކޮށްދީ ޤުރްޢާން ކިޔެވުމަށް އާދަކޮށްދީގެންނެވެ. قرآن އަކީ އެފޮތް ކިޔަވަން އުދަގުލާއި އެކު، އަދި އުދަގުލަކާ ނުލައިވެސް އާދަކޮށްފި ކުއްޖަކަށް އެތަކެއް ދަރުމައާއި ސަވާބު އޭގެ ފަރާތުން ލިބިދޭ މާތް ﷲގެ ކަލަމްފުޅެވެ. އެއީ ވަރަށް ޚާއްސަގޮތެއްގައި ހުރިހާ އިންސާނުންގެ މައްޗަށް ބާވާލެއްވި ފޮތެއްކަންވެސް އެކުދިންނަށް ކިޔައިދޭން ރަގަޅެވެ. ކީރިތި قرآن ގައި މިހެން އައިސްފައިވެއެވެ.

"ތިމަން ﷲ (آدم ގެދެކަބަލުންނާއި އަދި إبليس އަށް) وحي ކުރެއްވީމެވެ. ތިޔަބައިމީހުން (އެންމެން) އެސުވަރުގެއިން (ބިމަށް) ފައިބާށެވެ. އެއީ އެކަކު އަނެކަކަށް ދުޝްމިނުންގެ ގޮތުގައެވެ."
       ބަޤަރާ ސޫރަތުގެ 38 ވަނަ އާޔަތުގައި އާދަމްގެ ފާނުންގެ ވާހަކަ އައިސް ފައި ވަނީ މިގޮތަށެެވެ،

އަދިވެސް އެއާޔަތުގައި ވެއެވެ.

 "ފަހެ ތިޔަބައި މީހުންގެ ގާތަށް ތިމަން ﷲގެ ޙަޞްރަތުން ތެދުމަގެއް އަތުވެއްޖެ ހިނދަކު ތިމަން ﷲގެ ތެދުމަގަށް ތަބާވެއްޖެ ބަޔަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެބައި މީހުންނީ ހިތާމަކުރާނެ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ."

އަދުގެ ކުޑަކުދިންނަކީ މާދަމާގެ ބޮޑެތިމީހުން ކަމުން ހަރުދަނާ ތަރުބިއްޔަތަކަށް މަގުފަހި ކޮށްދޭން ޤުރްއާނުން މިސާލު ހޯދުން މުހިއްމެވެ. ކުދިންގެ ކިބައިގައި ރަގަޅު ރިވެތި އަޚްލާގީ ސިފަތަކެއް އަށަގަނެ ނުރަގަޅު ކަންކަމާ ދުރައް ދިޔުމަށް މިފަދަ ވާހަކަތަކަކީ މިސާލުދެއްކުމަށް އެންމެ ރަގަޅު ވާހަކަތަށް ކަމީ އެއަށް އިންސާނާގެ ހަޔާތް ހެކިދޭނެ ކަމެކެވެ. * އެއީ އެވާހަކަތަކުގެ ތެރޭގައި އެމީހަކު ދުނިޔެއަށް އައީއްސުރެން އެދުނިޔެ ދޫކޮށް އަލުން އެއިލާޙްގެ ހަޡްރަތަށް ޖަވާބުދާރިވެވޭ ހިނދު އެމީހެއް އެނބުރި ގެންްދާން ރަގަޅު އަމަލުތަކެއް އޮންނާނީވެސް، މިފަދަ ފިލާވަޅުތަށް އެމީހެއްގެ ހަޔާތާއި ގުޅުވައި އެކަންނަކަމުންް އިބްރަތް ތަކެއް ހާސިލް ކުރުމުން ކަމަށް ވާތީއެވެ.