އަލް ކަހްފް ސޫރަތުގެ 60 ވަނަ އާޔަތުން ފެށިގެން 82 ވަނަ އާޔަތާ ހަމައަށް މާތް ﷲ އެއިލާޙްގެ ނަބިއްޔާ އަދި ރަސޫލާ މޫސާ (އ.ސ) އާއި، އެއިލާޙްގެ ޚާއްސަ ޢިލްމެއް ދެއްވާފައިވާ ޞާލިޙް އަޅެއްގެ ވާހަކަ، އެއީ އެދެ ފަރާތާއި ދެމެދު ކަން ހިނގާދިޔަ ގޮތް ބަޔާން ކުރައްވާފައި ވެއެވެ.
މޫސާގެ ފާނު އެކަލޭގެފާނު ޚާދިމް އަށް ބުނެވުނު ހިސާބުން، އެއީ މޫސާ (އ.ސ) އަށް އެ ދެކަނޑު (ލޮނާއިފެން) ގުޅުނު ހިސާބަށް (މަޖްމުލް ބަޙްރައިނި) ދެވުނު ހިނދު ... އެތަނުން ތިމްން އިލާޙްގެ އަޅުނެގެެ ތެެރެއިން (ޚާއްސަ) އަޅަކާއި ބައްދަލުވިއެވެ. އެމީހަކަށް ތިމަން އިލަޙްގެ ހަޞްރަތުން ރަޙްމަތް ދެއްވީމެވެ.
އޭނާއަށް ލިބިފައިވާ ޢިލްމުން ބައެއްނަމަވެސް އުގެނުމުގެ ނިޔަތުގައި މޫސާގެ ފާނު، އޭނާގެ ފަރާތުން އިޟްނައަށް އެދުނެވެެ. އެހިސާބުން އޭނަ އެކަމާއި ދެކޮޅު ހެދިއެވެ. 'އަހުރެން ނާއެކި ތިބާއަށް (މޫސާ) ކެއްކުރުމަށް ތިބާ ކުޅަދާނަ ވެގެނެއް ނުވެއެވެ. އެކަމެއްގެ ހަޤީގަތެއް ނޭގޭ ކަމެއްގެ މައްޗަށް ކެއްކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟'
ކެއްތެރިކަން
editމޫސާ (އ.ސ) އެެއަޅަކަށް(ދިމާވި މާތް ﷲގެ ޚާއްސަ އަޅަކު ކައިރީގައި)، ކެއްތެރިވާނެ ކަމަށް ވައުދު ވިއެވެ. ދެން އޭނާ އިންޒާރު ދިނެވެ. "އެކަމެއްގެ ވާހަކައިން ތިބާ އަށް ވަކި ކަމެއް ބަޔާން ކޮށް ނުދޭހާ ހިނދަކު އެއްވެސް ކަމަކާއި މެދު އެއްޗެއް ނުބުނެ ހަނު ހުންނާށެވެ. އަދި އެކަމަކާމެދު އިތުރު ސުވާލު ނުކުރާށެވެ. "
އެތަނުން ކުރައަށް ގޮސް މޫސާ(އ.ސ) އާއި އެޞާލިޙް އަޅާ ނަވަކަށް އަރައި ދަތުރަށް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް އޭނާ އެނައު ފޫ އަޅުވާލައިފި އެވެ. އެހިނދު އެތަން ފެނިފައި މޫސާ(އ.ސ) ހައިރާންކަންމަތީ ވިދާޅުވިއެވެ. 'އެ ނައު ތިޔަ ފޫދުއްވާލީ އޭގެ އަހުލުވެރިން ޢަރަޤު ކޮށްލުމުގެ ނިޔަތުގަ ތޯއެވެ! ހަމަކަށަވަރުން ތިޔަ ކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ.' އެ ޞާލިޙް އަޅުމީހާ ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންނާއާ އެކުގައި ކެތްކުރުމަށް ތިބާއަށް (މޫސާ، އ.ސ) އަށް ކުޅަދާނަ އެއްނުވާނޭ ވާހަކަ ނުބުނަމުތޯއެވެ؟' ދެން އެކުގައި ކުރައަށް ހިންގަވާފައި ދަނިކޮށް ކުޑަކުއްޖަކާ ބައްދަލުވީ ހިނދު، އޭނާ އެކުއްޖާ ޤަތުލު ކުުރައްވައިފި އެވެ. އެހިނދު އެތަން ދެކިފައި މޫސާ(އ.ސ) ވަރަށްބޮޑަށް ހިތްނުތަނަވަސްވެ މާޔޫސްވެފައި ވިދާޅުވިއެވެ. 'އެއްވެސް އިންސާނަކު މަރާފައި ނުވާ ކުއްޖެއްގެ މަޢުސޫމް ޠާހިރު ނަފްސެއް ތިޔަ ޤަތުލު ކުރީ ހެއްޔެވެ! ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައި ކަމެކެވެ.' އެޞާލިޙް އަޅުމީހާ ވިދާޅުވިއެވެ، 'ހަމަ ޔަޤީނުންވެސް ތިމަންނާއާއި އެކުގައި ކެތްކުރުމަށް ކުޅަދާނައެއް ނުވާނެ ވާހަކަ ނުބުނަމުތޯއެވެ! އެކަމެއްގެ ހަޤީގަތް އެނގިވަޑައިގެންނުވާ ކަމެއްގެ މައްޗަށް ކެތްކުރެވޭނީ ފަހެ ކޮންފަދައަކުންތޯއެވެ. މޫސާ(އ.ސ) ވިދާޅުވިއެވެ. މާތް ﷲ އިރާދަ ކުރެއްވިއްޔާ ތިމަންމީ ކެތްތެރިއެއް ކަމުގައި ތިބާ ދެކެވަޑައިގަންނާނުއެވެ. އަމުރަށް ކިޔަމަންތެރިވާނަމު އެވެ.' ދެން އަނެއްކާވެސްް އެކުގައި ކުރިއަށް ހިންގަވަމުން ވަޑައިގެން އެރަށެއްގެ ބަޔަކު ކުރެން ކާއެތި ކޮޅަކަށް އެބޭފުޅުން އެދި ވަޑައިގަތެވެ. އެރަށުން އެފަދަ މެޙްމާންދާރީ އެއް އަދާކުރުމަށް އިންކާރު ކުރިއެވެ. ދެން ހަމަ އެރަށުން ވެއްޓެން ކައިރި ވެފައިވާ ފާރެއް ދެކެވަޑައި ގަތެވެ. އެއަޅަކު އެފާރު ތެދުކުރެއްވި އެވެ. މިތަން ދެކެފައި މޫސާ(އ.ސ) ވިދާޅުވިއެވެ. ތިބާ ބޭނުންފުޅުވިއްޔާ ތިޔަ މަސައްކަތަށް އުޖޫރައެއް ނެގުނީސް ކަން ޔަޤީނެވެ. އެޞާލިޙް އަޅުމީހާ ވިދާޅުވިއެވެ، 'މިއީ ތިމަންނާއާއި ތިބާއާއި ދެމެދު ވަކިވުމެވެ. އެކަމެއްގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައި ނުގެންނެވުނު ކަންކަމުގެ ތަފްސީލު(ތަފްޞީރު) ކިޔައިދޭނަމެވެ.
ދިމާވި ކަންކަމުގެ އަސްލު
editނަވާއި މެދު ދަންނާށެވެ. އެނައުއީ ކަނޑުގައި މަސައްކަތް ކޮށްއުޅޭ މިސްކީނު ބައެއްގެ ނައުއެވެ. އެނަޢު ހަލާކުކުރަން ގަސްތުކުރި ކަމަކީ ސަލާމަތްވާ ކޮންމެ ނަވެއް (ޣަޞްބުން) އަތުލާ ރަސްކަލަކު އެމީހުންގެ ފަހަތުން އަންނާތީ އެވެ. ޤަތުލު ކުުރެވުނު ކުއްޖާއާމެދު ދަންނާށެވެ! އޭނާގެ މައިންބަފައިންވީ (ހެޔޮލަފާ) މުޢުމިނުން ކަމުގައެވެ. ފަހެއެމީހުން އުރެދި ކާފިރުވާ ދަރަޖައަށް އެމީހުނަށް އެކުއްޖާ އުނދަގޫ ކޮށް އަނިޔާދީފާނެ ކަމަށް ތިމަން ބިރުގަތެވެ. ފަހެތިމަންއެދުނީ އެދެމީހުންގެ ވެރި އިލާޙް އެކުއްޖާ އަށްވުރެ ހެޔޮ ޞާލިޙް އަދި ރަޙުމަތުގެ ގޮތުން އެމީހުންނާއި ކައިރި ކުއްޖަކު އޭނާގެ ބަދަލުގައި ދެއްވުމަށެވެ. އަދި އެފާރާއި މެދު ދަންނާށެވެ! ފަހެ އެރަށުގައިވާ ޔަތީމު ދެކުދިންގެ މިލްކެއް ކަމުގައި އެފާރު ވެއެވެ! އެފާރުގެ ދަށުގަައި އެކުދިންނަށް ޚަޒާނާއެއް ފޮރުވިގެން ވެއެވެ. އެދެކުދިންގެ ބައްޕަ އަކީ ޞާލިޙް މީހެއްކަމުގައި ވިއެވެ. އަހުރެންނާއި ތިބާގެވެސް ވެރި ﷲ އިރާދަކުރެއްވީ ބޮޑުވެ ފުރާވަރަށް އައުމުން އެކުދިންގެ ޚަޒާނާ އެކުދީން ނެރުމަށެވެ. އެއީ އެއިލާޙްގެ ހަޟްރަތުން އޮތް ރަޙްމަތެއް ކަމުންނެވެ. އެކަންކަން ތިމަން ކުރީ އަމިއްލަ ރަޢުޔައަކަށް ނޫނެވެ. މިއީ އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ތިބާއަށް ކުޅަދާނަ ވެވަޑައި ނުގެނެވުނު ކަންތަކުގެ ތަފްސީރެވެ.