Wb/dv/ފާތިމާ ދާތް އަލް ހިއްމާގެ ވާހަކަ

< Wb | dv
Wb > dv > ފާތިމާ ދާތް އަލް ހިއްމާގެ ވާހަކަ

ދާތް އަލް ހިއްމާގެ ވާހަކަ

edit

ބަނީ ކިލާބްގެ ދެބެއިންގެ ވެރިކަމެއްގެ ތެރޭގައި ދިމާވި ހާދިސާއަކާއި ގުޅިގެން ދެބެއިންގެ ދެމެދުގައި ސައްލާކުރުމަށް ވެރިކަމުގެ ފޭލިގެއަށް ވަދެއްޖެއެވެ. އެއާއެކު އެ ޤަބީލާގެ މީހުން އެކަމާއި ވާހަކަ ދައްކަން ފަށައިފި އެވެ. ދެބެއިންގެވެސް އަނބިން ފުރަތަމަ ދަރިފުޅާއިގެން ރައްކައުވެ ތިއްބެވެ. ލިބޭނީ ފިރިހެންދަރިއެއް ކަަމަށް ވާނަމަ އެއީ އެޚަބަރެއްގެ އިންތިޒާރު އެންމެ ބޮޑަށް އޮތްކަމެވެ. ޤަބީލާގެ ކުދި ބޮޑު އެންމެގެ ސުލްހައާއި އަދި ދެބެއިން (ދެވެރިން)ގެ ދެމެދު އޮތް އެކުުވެރިކަން ދެމެހެއްަޓުމަށް އެއްބަސްވެވުނެވެ. އެހެން ކަމުން ދެބެއިންނަށް ވެސް ލިބެނީ ފިރިހެން ދަރިއެއްނަމަ އެޤަބީލާގެ ވެރިކަން އިހު އޮތްގޮތަށް މިހާރުވެސް އެބެއިންގެ ތެރޭގައި (އެދަރިންގެ އަތްމަތީ) ބޭއްވުމަށް ވައުދު ވެވިއްޖެއެވެ. މިގޮތަށް ނިމުމުން ދެން އެޤާބީލާގެ ވެރިއަކީ މުޅި ޔަމަންގެ އެންމެހާ އަރަބީން އެވެރިއަކަށް ބަޢިއަތު ހިފާނޭ ވެރިޔާ ކަމަށްވެސް އެއްވެފައި ތިބި މުސްކުޅި ބޮޑުންގެ ތެރޭގަައި ނިމި އެކަމަށް އެމީހުން ހެކިވިއެވެ، އެއަށް ދެކޮޅު ހަދާނޭ ބަޔަކުވެސް ފަހަރުގައި އުޅުން އެކަށީގެން ވާނަމަ އެބަޔަކާ ހަނގުރާމަ ކުރުންވެސް ލާޒިމް ކުރިއެވެ. ދެން މިއީ ބަދަލެއް ނާންނާނެހެން އެބައިމީހުންގެ ތެރޭގައި ނިމުނު ގޮތް ކަމަށް މި ޒާލިމް އާއި މަޒްލޫމް (ދެބެއިން) ގެ ދެމެދުގައި އެއްބަސްވެވި ކުދި ބޮޑުއެންމެނަށް އިޢުލާން ކޮށް ނިމުމުން، އެނބުރި އެމީހުންގެ އަމިއްލަ ފޭލިގެ ތަކަށް ދިޔައެވެ.

މާގިނަ ދުވަސްތަކެއް ނުވެ ޒާލިމްގެ އަނބިކަމަނާ އިއްސާމް އަށް ހަނދެއްފަދަ އުޖާލާ މޫނެއްގެ ވެރި ފިރިހެން ކުއްޖަކު ރައްކައުވެއްޖެ ޚަބަރު ލިބުނެވެ. މިޚަބަރު ލިބުމުން އެކަމާ ޒާލިމް ވަރަށް އުފާވިއެވެ. އެކަމަކު ހަމަ އެއާ އެކު އެތާގައި ހުރި އަރިސް ފޫޅުމައި ބާނދީ ކަމަނާއެއް ގެނަސް އޭނާގެ އަޚާގެ ފޭލިގެއަށް ދާން އަމުރު ކުރިއެވެ. 'އަހަރެން އޭނާ އަކަށް ހަމަ އެއްވެސް ވަރަކަށް އިތުބާރެއް ނުކުރަމެވެ،' ޒާލިމް ބުންޏެވެ. 'ދެން އަވަހަށް ގޮސް އޭނާއަށް ލިބުނީ ކޮންކަހަލަ ކުއްޖެއްތޯ ބަލާފައި އަންނާށެވެ.'

'ސާހިބާ އެވެ. ތިޔައީ ދެބެއިންނެއް ނޫންތޯއެވެ! މަޒްލޫމް ފަހެ ސާހިބާއަށް ދޮގު ހަދަންވީ ކީއްވެގެން ތޯއެވެ!'

'އެހެންވިއަސް ހެވޭ. އަހަރެން މިބުނިގޮތަށް ކަން ކުރާށެވެ. އޭނާގެ ޚަބަރު ހޯދައިގެން އަންނާށެވެ!' އެ ބާނދީ ކަމަނާ އަވަހަށް އެތަނުން ނުކުމެގެން ގޮސް މަޒްލޫމްގެ ފޭލިގެއަށް ވަދެއްޖެއެވެ. އޭނާ އެގޭގެ އަހުލުވެރިންނަށް ގަދަރާއި އިޙްތިރާމް ކުރާ ގެއަކަށް ވުމުން، ޒާލިމްގެ ވާހަކައަށް އޭނާ ދިނީ ބީރު ކަންފަތެކެވެ.

މަޒްލޫމްގެ އަންހެނުން ސަލާމް އަށް ރައްކައުވީ އަންހެން ކަނބަލެކެވެ. ސާދަވިލޭރޭގެ ހަނދުފަދަ، އުޖާލާ މޫނެކެވެ. ރީތި ފުރިހަމަ ކުއްޖެކެވެ. އެކަމަކު އެދަރިއަކު ފެނުމުން އުފާވުމުގެ ބަދަުގައި ސަލާމް ދެރަވެ ހިތާމަ ކުުރިއެވެ. މަޒްލޫމް އަށް އެ ޚަބަރު ލިބޭކަށް އޭނާ ބޭނުމެއް ނުވިއެވެ. 'މިކުއްޖާ ގެންދާށެވެ. އަދި ދިރިހުއްޓާ ވަޅުލާށެވެ!' އޭނާ އަށް ބޭއިޙްތިޔާރުން ބުނެވުނެވެ. މިގޮތަށް ކަންކުރަން އެންގުމުން އެއްކަލަ ބާނދީ ކަމަނާއަށް އެއަޑުއަހާކަށް ނުހުރެވުނެވެ.